"ފަތަމާ ހިނގާ" ޕްރޮގްރާމް ފެށިއްޖެ

މޮޅަދޫ ސްކޫލުގެ ދަރިވަރުންނަކީ ފަތަން އެނގޭ، މޫދުގައި ސަލާމާތާއި ރައްކާތެރިކަމާއެކު އުޅެވޭނެ އަދި ފަތެމުގެ ތަފާތު ހުނަރު ދަސްވެފައިވާ ދަރިވަރުންތަކަކަށް ހެދުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމް "ފަތަމާ ހިނގާ" އިއްޔެ ހެނދުނު ފެށިއްޖެއެވެ.
ޖުމްލަ ވިހި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ފެތުމުގެ ކުޅިވަރުތަކުގެ ޤައުމީ ޖަމިއްޔާ، މޯލްޑީވްސް އެކުއަޓިކްސްއާއި މޯލްޑިވެސް ޕޮލިސް ސަރވިސް އަދި މޮޅަދޫ ސްކޫލާއި މޮޅަދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ގްރޭޑް 3 ން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެފައިވާއިރު، 'ފަތަމާ ހިންގާ' ޕްރޮގްރާމުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސެޓިފައިޑް ބޭފުޅުންނެވެ.
'ފަތަމާ ހިނގާ' ޕްރޮގްރާމް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ސްކޫލުގެ ޕްރިންސިޕަލް ވަނީ މިފަދަ ޕްރޮގްރާމެއް ދަރިވަރުންނަށް ހިންގާ ދެއްވާ ކަމަށްޓަކައި މޯލްޑިވްސް އެކުއަޓިކްސްއަށާއި މޯލްޑިވެސް ޕޮލިސް ސަރވިސްއަށް ޝުކުރު ދަންނަވައިފައެވެ. އަދި، ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޮޅަދޫ ކައުންސިލާއި މޮޅަދޫ ޞިއްޙީ މަރުކަޒުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ މުއައްސަސާތަކަށް ޕްރިންސިޕަލް ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ސެޓްފިކޭޓް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ހުރިހާ ޚަބަރު